ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 76 މީހުން
ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 76 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅު ތެެރެއިން ޕޮޒިޓިވްވެފައިވަނީ 55 މީހުންނެވެ. މާލެ ސަރަަހައްދުން 15 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު ރިސޯޓްތަކުން ނިމިދިޔަ ސައުވީސް ގަޑި އިރުގެ ތެރޭގައި ޕޮޒިޓިވްވީ 6 މީޙުންނެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 91،122 އަށް އަރާފައެވެ. މިވަގުތު މިބަލިޖެހިފައިވާ 1،832 މީހުން ރާއްޖޭގައި އެބަތިއްބެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ…