ޑރ އިޔާޒު ވަޒީފާއިން ވަކިކޮށްފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.އިޔާޒް އަބްދުލް ލަތީފް މަގާމުން ވަކިކޮށްފިއެވެ. ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު އެތައް ފަހަރެއްގައި ދިނުމަށްފަހު ޑރ އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޑރ އިޔާޒު ގެންދަވަނީ މި ސަރުކާރުން ކުރަމުންދާ ދީނާ ގުޅޭ އެކި ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ. މިކަންކަމާއި ގުޅިގެން މީގެ ކުރިންވެސް ވަޒީފާއަށް ނުނިކުމެވޭ ގޮތަށް ޑރ އިޔާޒު ސަސްޕެންޑުވެސް ކޮށްފައިވެއެވެ.