އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެސްޓީއޯ އިން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުން އެ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނާއި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިޚާބުކުރެވެއެވެ. މިގޮތުން އެސްޓީއޯ އިން ބުނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ…