ފުލުހުންގެ ޚިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ތައުލީމާއި ތަމްރީނު މުހިންމު: އިޙްސާން
ފުލުހުންގެ ޚިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ތައުލީމާއި ތަމްރީނަކީ ވަރަށް މުހިންމު ކަމެއްކަމަށް، ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރުގެ ވާހަކަފުޅު ފެއްޓެވުމުގެ ގޮތުން، އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ފުލުހުންެގެ ސަފުތަކާ ގުޅިގެން ގައުމީ ޚިދުމަތަށް…