ފަތުރުވެރިއެއްގެ ފައިސާތަކެއް ނަގައިގެން 4 މީހަކު ހައްޔަރުކޮށްފި
ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިމަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލައާ ގުޅިގެން، އެ ފައިސާތައް…