ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ދެލައްކަ އަށްޑިހަ ދެހާހުން މައްޗަށް
ކޮވިޑް19 ދިފާއު ވެކްސިންގެ ސެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ދެ ލައްކަ އަށްޑިހަ ދެހާހުން މައްޗަށް އަރައިފިއެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 282،653 މީހުންނެވެ. އިއްޔެ އެކަނިވެސް ވަނީ އަތޮޅު ތެރެއިން 363 މީހުން ދެ ވަނަ ޑޯޒް ޖަހާފައެވެ މުޅި ރާއްޖެއިން މިހާތަނަށް ވެކްސިން ޖަހާފައިވަނީ 329،403 މީހުންނެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންވެސް ހިމެނޭ ގޮތަށެވެ. ސަރުކާރުން މިހާރު ވަނީ…