މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރާނަން: ފަހުމީ
ހުރިހާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރައްވާނެ ކަމުގެ ޔަގީންކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދެއްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ، ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފަކަށް ރޭ ހަމަލާ ދިނުމާ ގުޅިގެންނެވެ. މުވައްޒަފާ ދެކޮޅަށް ހިންގި މާރާމާރީ އެކްސް މެދުވެރިކޮށް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި ފަހުމީ ވިދާޅުވި ގޮތުގައި، ބޮޑު ރެންޗަކުން މުވައްޒަފުގެ ބޮލުގައި ޖެހުމުން އޭނާ ދާއިމީ ނުކުޅެދުންތެރިކަމަކުން ނުވަތަ މަރުން ސަލާމަތްވީ ކިރިޔާއެވެ. އެކްސްގައި ހިއްސާކުރެއްވި ފޮޓޯއިން…