ކަނޑުމަތިން ފެނުނު ސޯމާލިއާ ބަޔަކު، ފުވައްމުލަކަށް
ފުވައްމުލަކު ބޭރުން ސޯމާލިއާގެ 3 މީހުންނާއެކު ޑިންގީއެއް ހިފަހައްޓާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ކަނޑުމަތިން ބެހިގެން އައި ބަޔަކު ފުވައްމުލަށް ކައިރިން އެމްއެންޑީއެފުން ހިފަހައްޓާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ފޮޓޯތަކެއް ވެސް ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން ހިފަހައްޓާފައިވަނީ ނޫ ކުލައިގެ ކުޑަ ކުޑަ ޑިންގީ އެކެވެ. އެމްއެންޑީއެފުން ބުނީ، އެ ޑިންގީ ހިފަހައްޓާފައިވަނީ ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް…