ޓެމްޕަރަރީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރު ހުޅުވައިފި
ޓެމްޕަރަރީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވާ މިއަދުން ފެށިގެން އެޕްލިކޭޝަންތައް ބަލައިގަންނަން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ފަރާތުން ހިންގާ ޓެމްޕަރަރީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރު ހުޅުވާފައި ހުންނާނީ މިއަދުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ކަމަށެވެ. ޔޫކޭ ވިސާއަށް އެދި ހުށަހެޅުން ކުރިއަށްދާނީ ފޮރިން މިނިސްޓްރީގައެވެ. ވިސާ އަށް…