ފަރަށް އެރި ބޯޓުން ތިމާވެއްޓަށް ގެއްލުންވާ އެއްވެސް އެއްޗެއް ބޭރެއް ނުވޭ!
ރަސްފަރި ފަރަށް އަރާފައިވާ ބޯޓުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީން ހާމަކޮށްފިއެވެ. ބޯޓާއި ގުޅޭ ތަފްސީލް ހާމަކޮށް ޓްރާސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބޯޓުގެ ވެރިފަރާތް ގުޅިގެން މި އުޅަނދު ފުންކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާކަމަށެވެ. ފަރަށް އަރާފައިވާ މި ބޯޓުގައި 1200 ޓަނުގެ ލޯ ސަލްފާ އައި.އެފް.އޯ އަދި 80 ޓަނުގެ ލޯ ސަލްފާ މެރިންގ ގޭސް އޮއިލް…