ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބުނު ސްޓެލްކޯގެ މުވައްޒަފުންނަށް ރަތްދޫލައިގެ މަރުހަބާއެއް
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން ދައުލަތުން ދޭ ޝަރަފާއި މެޑަލް ހާސިލުކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންނަށް އެ ކުންފުނިން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ. ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި އެ 16 ބޭފުޅުން ހިމެނޭ ގޮތަށް 138 ބޭފުޅަކަށް ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު ދެއްވި އެވެ. އެ ބޭފުޅުންނަށް އިނާމު ދެއްވީ ރައީސް ޑރ.…