ރާއްޖޭގައި އަމިއްލަ ވެރިކަމެއް އޮތީ ނަމެއްގަ، ފަހުބަސް ބުނަނީ އެހެން ގައުމަކުން: އިދިކޮޅު
ދިވެހިރާއްޖޭގައި އަމިއްލަ ވެރިކަމެއް އޮތީ ނަމެއްގައި ކަމަށާއި ދިވެހިންގެ އަމިއްލަ ކަންކަމުގައި ފަހުބަސް ބުނުމުގެ ހައްގު ދިވެހިންގެ ކިބައިން ގެއްލިގެން ގޮސްފައިވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.