މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އޮފީހުން ވައްކަން ކޮށްފި
މާލޭގައި ހުންނަ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އޮފީހުން ވައްކަންކޮށް، ގިނަ އަދަދެއްގެ އަގުބޮޑު ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ. ފުލުހުން ބުނީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 08:56 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ބޮޑީބޯޑިން އެސޯސިއޭޝަން އިން ބުނެފައިވާ ގޮތުގައި އެތަނުން ވަގަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ޑެލް އިންސްޕިރޯން 15 ގެ ދެ ލެޕްޓޮޕާއި، ލެނޯވޯގެ ހަތަރު ޓެބްލެޓާއި،…









