އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ކަމަށް ޝަފީޢު އައްޔަންކޮށްފި
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ހަޔަރ އެޑިއުކޭޝަން މިނިސްްޓްރީގެ ސްޓޭޓް މިިނިސްޓަރު އަޙްމަދު ޝަފީޢު އައްޔަންކޮށްފިއެވެ. އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއާމަނަކަށް ޝަފީޢު އައްޔަންކުރިކަން އިއުލާނުކޮށް އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ. ޝަފީޢުއަކީ ސަރުކާރުގެ އެކި މަގާމުތަކާއި، ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ސަރުކާރުގައި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރުކަމުގެ މަގާމު…