އިންޑިއާ ހައި ކޮމިޝަންގެ ޝަކުވާތަކާއި ގުޅިގެން ފުލުހުން ތަހުގީގު ފަށައިފި
އިންޑިއާ ސަރުކާރާއި ދެކޮޅަށް ރާއްޖޭގައި ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަނުން ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ފުލުހުން ތަހުގީގު ފަށާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.