ފެނަކައިގެ ޗެއަރމަން ޝަހީރުއާއެކު ބޯޑުގެ އިތުރު 2 މެމްބަރަކު ވަކިކޮށްފި
ފެނަކައިގެ އިސް މަޤާމުތަކުގައި ތިބި ތިން ބޭފުޅަކު ވަޒީފާއިން ވަކިކޮށްފިއެވެ. މި ތިން ބޭފުޅުންނަކީ ފެނަކައިގެ ޗެއަރމަން އަޙްމަދު ޝަހީރު، އެގްޒެކެޓިވް ޑިރެކްޓަރު އަދި ބޯޑު މެންބަރު އިބްރާހީމް ނާއިފް، އަދި ޑިރެކްޓަރު އަޙްމަދު އީހާބެވެ. ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މިވަގުތު ހުންނެވީ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުޢާޛު މުޙައްމަދު ރަޝީދެވެ. ފެނަކަ ކުންފުންޏަކީ ކުރީ ސަރުކާރުގައި ކޮރަޕްޝަން އެންމެ ބޮޑަށް ހިންގާފައިވާ އެއް ކުންފުންޏެވެ.