ނަފުރަތުގެ ބިލުގެ ސަބަބުން އިސްލާމީ އަސާސްތަކަށް ހުރަސްއެޅޭ: އިސްލާމިކް މިނިސްޓްރީ
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ހުރި ބައެއް ކަންކަމުގެ ސަބަބުން އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ މުހިންމު އަސާސްތަކަށް ހުރަސް އެޅިގެން ދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.