ޓިކްޓޮކުން އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތައް ހޯދަނީ
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު، ޓިކްޓޮކްގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރް ގެލެންއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ ސްވިޒަލޭންޑުގެ ދާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ހަވާސާގަ އެވެ. މި ބައްދަލުވުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގެ…









