ނިޒާމުގެ ވާހަކައިގައި ރައީސް ބައިވެރިއެއް ނުވި، މަރުހަބާއާއި ޝުކުރު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެކަކު އަނެކަކަށް ވަގަށް ގޮވައި ހެދުމުން ބައިބައިވެ އަސަރު ކުރާނީ ގައުމާއި ރައްޔިތުންނަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އިތުރު 633 މީހުން ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހު މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖަހާފައިވަނީ 134 މީހުންނެވެ. އަތޮޅު ތެރެއިން ދެވަނަ ޑޯޒް ހޮނިހިރު ދުވަހު ޖެހީ 499 މީހުންނެވެ. އަދި ފުރަތަމަ ޑޯޒް ހޮނިހިރު ދުވަހު ޖަހާފައިވަނީ 156 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހި 52 މީހުންނާއި އަތޮޅު ތެރެއިން ފުރަތަމަ…
މުޅި ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 72 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތުތައް ދައްކާގޮތުން މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 36 މީހުން ޕޮޒިޓިވްވި އެވެ. އަދި ރިޒޯޓުތަކުން 04 މީހުން ޕޮޒިޓިވްވި އެވެ. މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 31 މީހުންނެވެ. މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި…
އެކި ދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލާގައި މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް 11 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން ބުނީ މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް ކުރާ ދައުވާ ތަކަކީ،…
ބޯކޮށްވާރޭވެހި، ކަނޑުތައް ގަދަވާނެތީ ހއ އަތޮޅުން ކ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މެޓު އޮފީހުން ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެ އިތުރުންވެސް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާ…
މިހާރުވެސް ރަށުގައި ހުރި ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރުމަށާއި އަދި ރަށުގައި ހުންނަ ކްލަބް ޖަމުޢިއްޔާތައްފަދަ ފަރާތްތަކާ ގުޅިގެން ޢާންމު ހޭލުންތެރިކަމަށާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ޕްރޮގްރާމްތައް ހިންގައި މަޢުލޫމާތު ދިނުން ފަދަ ހަރަކާތްތައް އިތުރުކުރެއްވުމަށް ފޭދޫ ކައުންސިރުންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންފިއެވެ. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްގީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވީ މިއަދުއެވެ. މިބައްދަލު…
އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުަމށްފަހު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރާއްޖެ ވަޑައިގެންފިއެވެ. އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ތަގްރީރު ކުރައްވާފައި ވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ދިވެހިންގެ މާދަރީ ބަސް، ދިވެހިބަހުންނެވެ. މި ތަގުރީރުގައި އ.ދ. ގެ ރިޔާސަތާ މުޚާތަބްކުރައްވައި ދިވެހިންގެ މާދަރީ ބަހުން ވާހަކަދެއްކެވިކަމީ، މިނިވަން ދައުލަތެއްގެ މަގާމު މީގެ 56 އަހަރުކުރިން…