ދަރިވަރުންނަށް ނުލިބި ހުރި ފޮތްތައް ސުކޫލްތަކަށް ފޮނުވަން ފަށައިފި
ދަރިވަރުންނަށް ނުލިބި ހުރި ފޮތްތައް ސުކޫލްތަކަށް ފޮނުވަން ފަށައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު ވަނީ މިނިސްޓްރީއަށް ލިބިފައި ކަމަށެވެ. އަދި އެ ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން ވަނީ ފަށާފައެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެ ހަފްތާ ފާއިތުވެގެން ދިޔައިރުވެސް ދިވެހި އިސްލާމް…