ޕީޖީ ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހަތް މީހަކު ބަންދުގައި
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު އެ ހަތް މީހުންނަށް ވެސް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާ ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ. އެ މީހުން ކޯޓު އަމުރުގެ ދަށުން އެކި ދުވަސް މަތިން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ…