ވިޔަފާރީގެ މަޝްވަރާތަކަށް ސައީދު އިނގިރޭސިވިލާތައް
ކޮމަންވެލްތުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާބެހޭ މަޝްވަރާތަކަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ. ސައީދުގެ މިދަތުރަކީ، ކޮމަންވެލްތް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑް ޓޭބަލްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ސައީދުގެ މި ދަތުރުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމުގައެވެ. މީގެއިތުރުވެސް އިނގިރޭސި…