މާދަމާއަކީ ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ. މިކަން އިއުލާން ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން އިއުލާންކުރި ހަނދާބެހޭ ބަޔާނުގައެވެ. މިނިސްޓްރީން ބުނީ، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށެވެ. އެހެންކަމުން، ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ…