އާޒިމާގެ ޝަރީއަތް މިއަދަށް ތާވަލު ކުރުމަށްފަހު ކެންސަލްކޮށްފި
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ. އާޒިމާގެ މައްޗަށް ދައުލަތުން އުުލާފައިވާ ދެ ދައުވާ އަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު…