މާލޭގައި އަނެއްކާވެސް އިތުރު މަރެއް
މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު އަނެއްކާވެސް ފެނިއްޖެ އެވެ. މަރުވެފައި އޮއްވާ ފެނުނީ ގ. ބިއުޓީ ވިލާ، ދާއޫދު ޖިމްރީޒް (45އ) އެވެ. ފުލުހުން ބުނީ ގަލޮޅު ގެއެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ކޮށްފައިވަނީ ދަންވަރު 1:27 ހާއިރު ކަމަށެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ގަލޮޅުގައި ހުންނަ ގެއެއްގައި މަރުވެފައި…