އިންޑިއާއިން ވަޑައިގެން ދެދުވަސް ފަހުން ޝާހިދު ބަލްގޭރިއާއަށް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭގެ ވަގުތެއްގައި ބަލްގޭރިއާއަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭގެ ވަގުތެއްގައި ބަލްގޭރިއާއަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ބަނގުރާ ހިއްޕެވުން ހުއްޓަވައިލެއްވިކަމަށް ބުނާ ލިޔުމެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕުގައި އާންމު ކުރައްވައިފި އެވެ.
މުޅި ރާއްޖެއިން މއިަދު ކޮވިޑަށް ޕޮޒިޓިވްވީ 98 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 26 މީހުންނެވެ. އަތޮޅު ތެރެއިން ވަނީ 55 މީހުން ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 17 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 13 މީހުންނަށެވެ. ވޭތުވެދިޔަ ސައުވީސް ގަޑި އިރުގެ ތެރޭގައި ވަނީ 5744 ސާމްޕަލް ޓެސްޓްކޮށްފައެވެ. ރާއްޖެއިން މިހާތަނަށް 76،848 މީހުން…
2023ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމުކަން ސާބިތުވެގެން ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ގަދަ މަސައްކަތުން ރައްޔިތުންގެ ލޯތްބާއެކު ކީރިތި ﷲގެ އިރާދަފުޅުން 2023ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމުކަން ސާބިތުވެގެން ކަމަށެވެ. ޣައްސާން މައުމޫނު މިގޮތަށް ޓުވީޓު ކުރައްވާފައި މިވަނީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް…
މިނިވަން ދުވަސް އަޅުގަނޑުމެންނާއި ބައްދަލު ކުރި އިރު ރާއްޖޭގައި އޮތީ ސިޔާދަތީ ބާރުތައް ގެއްލުމުގެ އިހްސާސްތަކެއް ކަމަށް ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަ ކުރަމުން މިދާ 56 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ އަބްދުﷲ ހަލީލް ވިދާޅުވީ، މިނިވަން ދުވަހަށް އަލިވިލުނުއިރު ރާއްޖޭގައި އޮތީ ސިޔާދަތީ ބާރުތައް ގެއްލުމުގެ އިޙްސާސްތަކެއް ކަމަށާއި ސިއްރު އެއްބަސްވުންތަކެއްގެ ޝިކާރައަކަށްވެ ރާއްޖޭގެ ބިމުން ބައެއް އަޑިނޭނގޭ ގޮތަކަށް ބާރުގަދަ ދައުލަތަކަށް ދޫކޮށްފައިވާ މަންޒަރުތަކެއް ކަމަށެވެ.…
ހަރުކަށި ފިކުރުގެ މީހުންނާއިމެދު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނާއި ފުލުހުންގެ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސިގެ ބާރު ކަނޑުވާލައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މިވަގުތަކީ ގާނޫނު އަސާސީ ދަމަހައްޓައި ގާނޫނުތައް ހިންގައި ގައުމީ މަސްލަހަތު އިސްކޮށް ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތު…
މިނިވަންކަން ދިފާއުކުރެވޭނީ ހުރިހާމާނައެއްގައި ގައުމުން ފަގީރުކަން ނައްތާލެވިގެން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ 56 ވަނަ މިނިވަންދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި މުހައްމަދު ސައީދު ވިދާޅުވީ، ބަދަލުތައް އަވަސް ވާދަވެރި ދުނިޔެއެއްގައި މިނިވަންކަން ދިފާއު ކުރެވޭނީ ހުރިހާ މާނައެއްގައި ދިވެހި ގައުމުން ފަގީރުކަން ނައްތާލެވިގެން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މުހައްމަދު ސައީދު ވިދާޅުވީ ދިވެހި ވަސީލަތް ދިވެހިން އަގުކޮށް އުފައްދާ ތިޔާގިވާނޭ ފުރިހަމަ ބާރު…
ރާއްޖޭގެ ވެރިކަން ހިންގުމަށް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށްކަމަށ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.