ރައީސް ސޯލިހު ނ. އަތޮޅަށް ފުރާވަޑައިގެންފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ.އަތޮޅަށް މިއަދު ފުރާވަޑައިގެންފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފަސް ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ނ. މާފަރަށާއި، ލަންދޫއަށާއި، މަނަދޫއަށާއި، މަގުދޫ އަދި ހޮޅުދޫއެވެ. މި ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅު ކައުންސިލާއި، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ދަތުރުކުރައްވާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.…