ފަތުރުވެރިއެއްގެ ކޭޝްކާޑު ވަގަށް ނަގާ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ފަތުރުވެރިއެއްގެ ކޭޝްކާޑު ވަގަށް ނަގާ، 5،000 ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ފަތުރުވެރިއްގެ ކޭޝްކާޑެއް ވަގަށް ނެގުމަށް ފަހު އެ ކޭޝްކާޑު ބޭނުން ކޮށްގެން 5،000 ރުފިޔާގެ ވިޔަފާރި ކުރި މީހަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށް، ގަނެފައިވާ ތަކެތި ވެސް ހޯދާފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރު ކުރީ ފުލުހުންނަށް…