ޖޮޕް ޕޯޓަލްއަށް ބޮޑު ބަދަލެއް ގެނަސް ރީލޯންޗު ކޮށްފި
ވަޒީފާގެ ވާޗުއަލް ޕްލެޓްފޯމަށް ބޮޑު ބަދަލެއް ގެނަސް އެ ވެބްސައިޓު ރީލޯންޗުކޮށްފި އެވެ.
ވަޒީފާގެ ވާޗުއަލް ޕްލެޓްފޯމަށް ބޮޑު ބަދަލެއް ގެނަސް އެ ވެބްސައިޓު ރީލޯންޗުކޮށްފި އެވެ.
ރ އަތޮޅު ކައުންސިލުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހެދޭނެ ގޮތެއް ހަދައިދިނުމަށް ރައީސްގެ އަރިހުން އެދިއްޖެއެވެ. މީގެ އިތުރުންވެސް ރ އަތޮޅުގައި ހުރި ފަޅުރަށްރަށުގެ ތެރެއިން އަތޮޅު ކައުންސިލުގެ ބޭނުންތަކަށް ރަށެއް ހަމަޖައްސައިދިނުމާއި އަދި އަތޮޅަށް ސްޕީޑްފެރީގެ ޚިދުމަތް ބޭނުންވާކަމާއި މޮނިޓަރިންގައި އޮންނަ ރަށްރަށުން ހޮސްޕިޓަލަށް ދަތުރުކުރުމުގައި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މައްސަލަތައްވެސް ވަނީ ރައީސް އާއި ހިއްސާކުރައްވާފައެވެ. އަދި އުނގޫފާރުގެ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުންނާއި އެރަށުގައި އިތުރު…
އަތޮޅުތެރެއިން މިއަދުވެސް 50 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ. މުޅިރާއްޖެއިން މިއަދު ޕޮޒިޓިވްވީ 100 މީހުންނެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 40 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 09 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 17 މީހުންނަށެވެ. ވޭތުވެދިޔަ ސައުވީސް ގަޑި އިރުގެ ތެރޭގައި ވަނީ 5،318 ސާމްޕަލް ޓެސްޓްކޮށްފައެވެ. މިވަގުތު ރާއްޖެއިން ކޮވިޑް ބަލިޖެހިފައި ތިބީ 2،120 މީހުންނެވެ.…
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް އޮތް ބިރަކީ ކޮބައިކަން ދިފާއީ ބާރުތަކުން ދެނެގެންނަން ޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު ގައުމަކުން މާބޮޑަށް ނުފޫޒު ފޯރުވަމުންދާއިރު ދިވެހި ރައްޔިތުން ތަމްސީލްކުރާ ސަރުކާރެއް ނެތްކަން މިދަނީ އެނގި ހާމަވަމުން ކަމަށެވެ. އެހެންކަމުން ރައީސުލްޖުމުހޫރިއްޔާ އަށް އޮތް ބިރަކީ ކޮބައިކަން ދިފާއީ ބާރުތަކުން ލަސްނުކޮށް ދެނެގަންނަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު…
ވެރިކަން ކުރާ އެމްޑީޕީގެ ކުރިއަށް އޮތް ގައުމީ މަޖިލީހުގެ އިންތިހާބުގައި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަހްލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފިއެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ނިންމި ނިންމުން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން އަލުން ބަލަން ފަށާފައިވަނީ ފަސް ވަނަ ދުވަހުއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމާ ފޯމު ހުށަހަޅުއްވާފައި ވަނިކޮށް މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމައި…
ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމް އަދި ގުރްއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ ކޮމެޓީ އެކުލަވާލާފައިވަނީ ކޮންމެ ގްރޭޑަކަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށް ކަމަށެވެ. މި ޓީމް ތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައި ކޮންމެ ޓީމަކުންވެސް، ފޮތްތަކުގައި ހުރި ކުށްތައް…
މަހުގެ އަގަށް ހެޔޮ ބަދަލު އަވަހަށް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ށ ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މަސްވެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މަހަށް ހަމަ އަގު ނުލިބުމާއި މަސްކިރުމުގައި ހުރި ދަތިތަކާއި ބޭނުންވާ ވަރަށް އައިސް ނުލިބުންފަދަ ޝަކުވާތައް ކަމަށެވެ. އެކަންކަން ޙައްލުކުރުމަށްޓަކައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ރާއްޖޭގައި މަސް ޕްރޮސަސްކޮށް ވެލިއު އެޑްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން…
މާއުނގޫދޫ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. ށ. މާއުނގޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު މެންދުރު އެ ރަށުގައިި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތައް ހާއްސަ ސަމާލުކަމެއްދީގެން އަމަލީ މަސައްކަތް ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރައްވާނެކަމުގައެވެ. މާއުނގޫދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ…