މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ
މިނިވަން މީޑިއާ ނެތިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އަޑު އުފުލަން ރައްޔިތުންގެ މަޖިލިސް ކައިރީގައި ނޫސްވެރިން މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ. ދައުރުން ބޭރުގައި މިއަދު ކުރިއަށް ގެންދާ ޖަލްސާއަށް، މީޑިއާ ބިލު ބަހުސް ވަނީ އެޖެންޑާކޮށްފައިވެ އެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އިތުރަށް ބައެއް ސިޔާސީ ޕާޓީތަކުން ވެސް ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ބައެއް މެންބަރުން ވަނީ ބިލު ފާސް…