އިނގިރޭސިބަހުން އިސްލާމް ކިޔަވައިދޭކަށް ވިސްނާފައެއް ނުވޭ: އެޑިއުކޭޝަން
އިނގިރޭސިބަހުން އިސްލާމް މާއްދާ ކިޔަވައިދޭން ވިސްނާފައި ނުވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ. އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބޭރުގެ ޓީޗަރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަނުން ގެންގުޅޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެއި 6 ކޮމިޓީގެ މުގައްރިރު ދެއްކެވި ވާހަކަފުޅާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއް މިނިސްޓްރީން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ރިކޮމެންޑޭޝަންތަކުގެ ތެރެއިން މިނިސްޓްރީ އާއި ގުޅޭ ކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވާ ކަން ކަން ތަންފީޒު…