މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލްކުރަން އިންޑިއާއިން އެހީވަނީ
ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހާރު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ލޮކް ސަބާގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގައި ޓެކްނޮލޮޖީ އާއި ޑިޖިޓަލައިޒޭޝަން އަދި އޭއައި ބޭނުންކުރަމުންދާ ގޮތަށް…