އދ ގެ ސުލްހައާއި ތަރައްގީއާ ބެހޭ އެޑްވައިޒަރާ ޕީޕީއެމްއިން ބައްދަލުކޮށްފި
އދ ގެ ސުލްހައާއި ތަރައްގީ އާއި ބެހޭ އެޑްވައިޒަރު ފާޑިނާންސް ވޮން ހަސްބާގް ތޮލުރިންގެންއާ އިދިކޮޅު ޕީޕީއެމްއިން މިއަދު ބައްދަލުކޮށްފި އެވެ.
އދ ގެ ސުލްހައާއި ތަރައްގީ އާއި ބެހޭ އެޑްވައިޒަރު ފާޑިނާންސް ވޮން ހަސްބާގް ތޮލުރިންގެންއާ އިދިކޮޅު ޕީޕީއެމްއިން މިއަދު ބައްދަލުކޮށްފި އެވެ.
ރާއްޖެ ގޮއްވައިލާނެކަމަށް ބުނެ ފުލުފުލުގައި ބޮމުގެ އިންޒާރާއި މަރުގެ އިންޒާރުތައް ދެމުން ގެންދާއިރު އެކަން ސަރުކާރުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ނުނަގާތީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ގިނަ ދުވަސްތަކަކަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރެއްވިއިރު، ނޫސްވެރިންގެ ސުވާލުތަކުގެ ސަބަބުން ގާސިމް ކޯފާ އިސްކުރައްވައިފި އެވެ.
މާލެ ސަރަހައްދުން 45 މީހުންނާއިއެކު މުޅި ޖުމްލަ 128 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތުތައް ދައްކާގޮތުން މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 69 މީހުން ޕޮޒިޓިވްވި އެވެ. އަދި ރިޒޯޓުތަކުން 14 މީހުން ޕޮޒިޓިވްވި އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ވަނީ 1936 ކޭސް އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުތަކުގައި…
ހުޅުމާލެ ޖަލުގައި 3 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ނިޔާވެއްޖެއެވެ. ކަރެކްޝަންއިން ބުނީ މިރޭ ނިޔާވެފައިވަނީ ތިން އަހަރުގެެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ އުމުރުން ސާޅީސް އަހަރުގެ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް ކަމަށެވެ. މިމީހާ މިރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުން ބެލުމަށްފަހު އެމީހާ ނިޔާވިކަމަށް ބުނެފައިވަނީ މިރޭ 20:23ގައި ކަމަށް…
ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ދެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެ މަސް ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ފެނިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 17:55 ހާއިރުއެވެ. އަދި ދެވަނަ ބޯޓު ފެނިފައިވަނީ، މިމަހުގެ 12 ވަނަ ދުވަހުގެ ފަތިހު 05:54 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. މި މަސް ބޯޓުތައް ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި،…
ތަޢުލީމީ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ސްކޮލަރޝިޕް ފުރުޞަތުތަކެއް ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހަންގޭރީގެ ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ އަންޑުރޭޒް ލެސްޒްލޯ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަދު އެރުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިތުރަށް ސަފީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޢިޤްތިޞާދުގެ ދާއިރާއިންނާ، މަސްވެރިކަމާއި، ޞިއްޙީ ދާއިރާގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނާއި،…
ސިއްހީމަރުކަޒަށް އެމްބިއުލާންސެއް ބޭނުންވާކަމަށް ކާށިދޫ ކައުންސިލުން ނައިބު ރައީސަށް ދަންނަވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކާށިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކުރެއްވެވިއެވެ. އަދި ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް…