މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދިނުމަށް ހުޅުވާލައިފި
މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުންގެންދާ މާރުކޭޓްތަކުގެ ގޮޅިތައް ކުއްޔަށް ދިނުމަށް އާއްމުކޮށް ހުޅުވާލައިފިއެވެ. މާލޭ ސިޓީ ކައުންސިލުން މިމަހުގެ 10 ވަނަ ދުވަހު އާއްމުކޮށް ހުޅުވާލައި ކުރި އިއުލާންގައިވާގޮތުން ގޮޅި ކުއްޔަށް ދޫކުރަނީ ދަތުރުވެރިންގެ މަރުކޭޓާއި ލޯކަލް މާރުކޭޓުންނެވެ. މި ދެ މާރުކޭޓުން ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ…