ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މަޖިލީހުން ފާސްކޮށްފި
މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ ޖަލްސާގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ފާސްކުރީ 52 މެންބަރުންގެ އިއްތިފާގުންނެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތައް ލަސްވެ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާތީ ޓްރާންސްޕޯޓް އޮތޯރިޓީގެ މުދަލާއި މަސައްކަތްތަކުގެ އިތުރުން މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށް, އޮތޯރިޓީ އުވާލަން ހިމަނައި، "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު" އުވާލުމަށް ސަރުކާރުން ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ…









