ސައްހަނޫން ސްލިޕް ފޮނުވައިގެން ނަގާފައިވާ ޑައިވް ކޮމްޕްރެސަރެއް ފުލުހުން ހޯދައިފި
ސައްހަނޫން ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން ނަގާފައިވާ ޑައިވް ކޮމްޕްރެސަރަކާއި އެއާ ގުޅުން ހުރި ސާމާނުތައް ފުލުހުން ހޯދައިފިއެވެ. ފުލުހުން ބުނީ މާލޭގެ ފިހާރައަކަށް ސައްހަނޫން ސްލިޕް ޕޮނުވައިގެން ކޮށްފައިވާ މި ވިޔަފާރީގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ. އެ މައްސަލަ ހުށަހެޅުމާއެކު އެތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެންވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައި ކަމަށާއި އެގޮތުން ކުރެވުނު މަސައްކަތުން އެ ތަކެތި ފެނިފައިވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައިހުއްޓާ ކަމަށް…