ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް، މއ.ޕެރިސްގެ އަލްއުސްތާޛާ މަރްޔަމް ޝަމްއާ އިސްމާއީލް މިއަދު އައްޔަން ކުރައްވައިފިއެވެ. އަލްއުސްތާޛާ މަރްޔަމް ޝަމްއާ އިސްމާއީލް ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައި ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިންނެވެ. ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަމްއާ ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަގާމުގައެވެ. އޭގެ ކުރިން ހިއުމަންރައިޓް ކޮމިޝަން…









