ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހައި-ވޯލްޓޭޖު ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯ
ރޭ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ހައި-ވޯލްޓޭޖު ކޭބަލަކަށް ގެއްލުން ވެގެން ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފުލެޓުތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ. މީގެ އިތުރުން ސްޓެލްކޯ އިން ވަނީ، ޚިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން…