ކަސްޓަމްސް ނޯތް ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިފި
ކަސްޓަމްސް ނޯތް ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއެވެ. މި ރަސްމިއްޔާތުގަިއ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ގާއިމު ކުރެވުނު ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު ކުޑަވެ ވިޔަފާރީގެ ހަރަދު ކުޑަވުމުގެ އިތުރުން، ރައްޔިތު މީހާ އަށް ހެޔޮ އަގުގައި ތަކެތި…









