މާދަމާ މާލޭގެ ހަތަރު ސަރަހައްދެއް ބަންދު ކުރާނެ
ބަންގްލަދޭޝްގެ ބޮޑުވަޒީރުގ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މާދަމާ މާލޭގައި ކުރިއަށްދާ ރަސްމީ ހަރަކާތްތަކާ ގުޅިގެން އެހަރަކާތްތަކަށް މާލޭގެ ހަތަރު ސަރަހައްދެއް ބަންދުކުރަން ނިންމައިފިއެވެ. އެގޮތުން ބަންދުކުރުމަށް ހަމަޖެހިފައިވާ ހަތަރު ސަރަހައްދަކީ ޖުމްހޫރީ މައިދާން ސަރަހައްދާއި ރައީސް އޮފީސް ހިމެނޭ ސަރަހައްދާއި ހޮޓެލް ޖެން ހިމެނޭ ސަރަހައްދާއި ރައްޔިތުންގެ މަޖިލިސްކުރާގެ ހިމެނޭ ސަރަހައްދެވެ. މި ސަރަހައްދުތައް މާދަމާގެ ހެނދުނު 07:00 އިން 20:00 އަށް، ހަރަކާތްތަކަށް އެކި ވަގުތުތަކުގައި އާންމު ދަތުރު ފަތުރަށާއި ފައިމަގުގައި އުޅޭ…