އިންޓަރނެޓަށް ދަރިވަރުން ހޭލުންތެރި ކުރަން ކެމްޕޭނެއް
ނިމުނު ދިރާސީ އަހަރުގައި ކިޔެވުމަށް ދަރިވަރުން އިންޓަރނެޓް ބޭނުންކޮށްފައިވާތީ، ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުން ކުރަން ދަސްކޮށްދީ ހޭލުންތެރި ކުރުމުގެ ގޮތުން 'ސައިބަރ ސޭފްޓީ'ގެ ނަމުގައި ކެމްޕޭނެއް އިފްތިތާހްކޮށްފިއެވެ. މި ކެމްޕޭނަކީ މިނިސްޓްރީ އޮފް އޭޑިޔުކޭޝަނާއި، ޔުނިސެފް މޯލްޑިވްސް އާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގާ ކެމްޕޭނެކެވެ. އެޑިއުކޭޝަނުން ހާމަކުރާ ގޮތުގައި މިކެމްޕޭނުގެ މަގުސަދަކީ އޮންލައިންކޮށް ކިޔެވުމަށާއި ކިޔަވައިދިނުމަށް ޖެހިފައިވާ މިދުވަސްވަރު، ދަރިވަރުންނާއި، ބެލެނިވެރިންނާއި ޓީޗަރުން، އިންޓަރނެޓް ބޭނުންކުރުމުގައި ދިމާވެދާނެ ކަންތައްތަކާ މެދު އަހުލުވެރި ކުރުވުމާއި،…