މިނިސްޓަރުން ސަސްޕެންޑު ނުކުރެވޭނެ: ޖަމީލު
މިނިސްޓަރަކު ސަސްޕެންޑުކޮށް ނުވަތަ ވަޒިފާގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ކުރީގެ ނައިބުރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. ޖަމީލު މިފަދައިން ވިދާޅުވިއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓީ ކޮރަޕްޝަން ކެމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފިސް (ޕީޖީ) ގައި އެދުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު ސަސްޕެންޑު…