ރައީސްގެ ދައުވަތަކަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދައުވަތަކަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން ހާމަކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްގެ ދައުވަތަކަށް ރާއްޖެއަށް އ.ދ.ގެ އާންމު މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މިމަހުގެ 6 އިން 9 އަށް ރާއްޖެއަށް ރަސްމީދަތުރުފުޅެއްގައި ވަޑައިގަންނަވާނެއެވެ. އ.ދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ…