އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަަވަޅުތަކަށް ލުއި ދީފި
ކޮވިޑް-19 ގެ ސަބަބުން އައްޑޫ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފި އެވެ.
ކޮވިޑް-19 ގެ ސަބަބުން އައްޑޫ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަށް އެމަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް މިއަދު ފަށައިފި އެވެ.
މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 41 މީހުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 266 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއިން ޕޮޒިޓިވްވި 105 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 8 މީހުންނެވެ. އަދި ހަދަމުންދާ ރަށްތަކުން މިއަދު ވަނީ 112 މީހުން ޕޮޒިޓިވްވެފައެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 4295 ކޭސް އެބަހުއްޓެވެ. މިވަގުތު ހޮސްޕިޓަލް ތަކުގައި ފަރުވާ ދެނީ 31 މީހުންނަށެވެ.
އިސްލާމްދީނުގައި އަންހެން ކުދިން ހިތާނު ކުރުން ނޯންނަ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ. އަންހެނުން ކުދިން ހިތާނު ކުރުމާއި ގުޅޭގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރެއްވި ޓުވީޓެއްގައި މައުމޫނު ވިދާޅުވީ، އިސްލާމް ދީނުގައި ހިތާނު ކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިން ކަމަށާއި ދީނުގައި އަންހެން ކުދިން ހިތާނު ކުރުމެއް ނޯންނަ ކަމަށެވެ. ހިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާ އިސްލާމީ ނާތަހުޒީބު…
ޓުއަރިޒަމް ސިނާއަތުގައި މަސައްކަތްކުރާ 96 އިންސައްތަ މީހުން ކޮވިޑް19 ދިފާއު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފިއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ސިނާއަތުގެ 70 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދަކީ 315،822 އެވެ. މީގެ ތެރެއިން ދެވަނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 185،671 މީހުންނެވެ. ރާއްޖޭގައި މިހާރު ޖަހަމުންދަނީ ސިނޮފާމް ވެކްސިންގެ ދެ ޑޯޒެވެ.
ޓުއަރިސްޓުން ރާއްޖެ އަންނަ ނިސްބަތް ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ. އެގޮތުން ޖޫން މަހުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 42،250 ޓުއަރިސްޓުންނެވެ. އެވްރެޖްގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 1837 ޓުއަރިސްޓުންނެވެ. ނިމުނު މެއި މަހު ރާއްޖެ އައިސްފައިވަނީ 64.613 ޓުއަރިސްޓުންނެވެ. އެޕްރީލް މަހު ވަނީ 91،200 ޓުއަރިސްޓުން ރާއްޖެ އައިސްފައެވެ. އަދި މާރޗްމަހު 109،585 ޓުއަރިސްޓުން ރާއްޖެ އައިސްފައިވެއެވެ. މިހާރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދަނީ ރަޝިޔާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ…
ރާއްޖެއިން އިތުރު 806 މީހަކު ކޮވިޑް19 ދިފާއު ވެކްސިން ފުރިހަމަކޮށްފިއެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 185,671 އަށް އަރާފައެވެ. އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބަށް ބަލާއިރު މާލެ ސަރަޙައްދުން ވެކްސިންގެ ދެވަނަ ޑޯޒްޖެހި 284 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ދެވަނަ ޑޯޒް ޖެހި 522 މީހުންނާއެކު މިހާތަނަށް ވެކްސިންޖެހި ޖުމުލަ އަދަދު ވަނީ 315،822 އަށް އަރާފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު ވޭތުވެދިޔަ 24…