މާލެ ސަރަހައްދުގައި ރޯގާ އިތުރުވަމުން އަންނާތީ ރައްކާތެރިވުމަށް އެދިއްޖެ
މިދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުން އަންނާތީ ރައްކާތެރިވެ އުޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ބުނީ ސެޕްޓެމްބަރު މަސް ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ވަނީ ރިޕޯޓްކޮށްފައި ކަމަށެވެ. މިއީ ފާއިތުވި އޮގަސްޓްމަހާއި އަޅާ ބަލާއިރު 60 އިންސައްތަ އިތުރު އަދަދެއް ކަމަށާއި އަރިދަފުސް ރޯގާގެ އިތުރުން ފާއިތުވެދިޔަ މަސްތަކުގައި ރިޕޯޓްކޮށްފައިވާ އަދަދުތަކާއި އަޅާ ބަލާއިރު، އިންފްލުއެންޒާ އަށް ޕޮޒިޓިވްވާ އަދަދުވެސް ގިނަ ވެފައިވާކަން ފާހަގަކުރެވިފައި…