ކަރަންޓު ކެނޑުމުން މާލެ ސަރަހައްދުގެ ސްކޫލުތައް މިއަދު ބަންދު ކޮށްފި
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ސްކޫލްތަކުގެ ދެ ވަނަ ސެޝަންގެ ކިޔެވުން މިއަދު ބަންދު ކޮށްފި އެވެ. މެންދުރު ދަންފަޅީގައި ދަރިވަރުން ސްކޫލްގައި ތިއްބައި ކަރަންޓް ކެނޑުމާ އެކު، ދަރިވަރުން ވަނީ ގެއަށް ފޮނުވާލައިފަ އެވެ. މުޅި މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ. އެއާއެކު ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. ސްޓެލްކޯއިން…