މާފުށީ ޖަލަށް ތަކެތި ވައްދަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ
ކ.މާފުށީ ޖަލަށް ގަވާއިދާއި ޚިލާފަށް އެއްޗެހިތަކެއް އެތެރެކުރަން އުޅުނުކަމަށް ބެލެވޭ މީހަކުު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ މާފުށީ ޖަލާ ދިމާލު މުދުގައި ރޭ 02:22 ހާއިރު މަރުވެފައި އޮއްވާ މީހަކު ފެނިފައިވާކަމަށެވެ. އޭނާ މޫދުން ނަގައިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރާއި ހަވާލާދެއްވާ ފުލުހުން ބުންޏެވެ. މަރުވި މީހާއާއި ގުޅޭގޮތުން ކަރެކްޝަނަލް ސާރވިސްއިން ބުނީ، މޫދުގައި މަރުވެފައި އޮއްވާ…