މާދަމާ ރޭ މާލޭގައި ހަވާ އަރުވަނީ!
މާދަމާ ރޭ މާލޭގައި ހަވާއަރުވަން ހަމަޖެހިއްޖެ އެވެ. މާދަމާ ރޭ މާލޭގައި ހަވާއަރުވަނީ "އީދު ބައިބަލާ ޗެލެންޖް 1444"ގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖުން ކާމިޔާބުކުރުމާއި ގުޅިގެންނެވެ. ކްލަބް ޓީނޭޖުގެ މެމްބަރަކު ހަމައެމްވީއަށް ބުނީ މާލޭގައި ހަވާއަރުވާނީ އުސްފަސްގަނޑު ހުންނަ ސަރަހައްދުގައި މާދަމާރޭ 9:00 ގައި ކަމަށެވެ. ރާއްޖޭގައި ހަވާއެރުވުމުގެ ހުއްދަ އޮންނަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އަށެވެ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށްނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް ގާތްގަނޑަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ…