"އިންޑިއާ އައުޓް" ގެ މައްސަލަ 241 ކޮމިޓީއަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިންގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިޓީފުޅެއް ފޮނުއްވައިފިއެވެ. ރައީސް ނަޝީދު ސޮއިކުރައްވާ 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ކެމްޕޭންގެ މައްސަލަ ބަލައި ދިނުމަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ތިބުމާ…









