ކޮވިޑުގެ އުނދަގުލުގައި ސިޔާސީ ބައިބައިވުން ރަނގަޅެއް ނޫން: ޝަރީފު
ކޮވިޑް-19 ގެ ބަލިމަޑުކަން ތަހައްމަލް ކުރަމުންދާ މި އުނދަގޫ ދަނޑިވަޅުގައި ސިޔާސީ ގޮތުން ބައިބައިވުން އުފެއްދުން ރަނގަޅު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.